އެސައިންމެންޓް މާކްސް ސިއްރުކުރުން ގަބޫލެއްނުކުރަން
ދަރިވަރުންނަށް ލިބިގެންވާ ހައްގުތައް ނިގުޅައިގަތުމަކީ އެއްވެސް މަދުރަސާއަކަށް ނުވަތަ ކޮލެޖަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. އަޅުގަނޑު ހާމަކުރަން ބޭނުން މިވާ ނުކުތާ އަކީ ދާދިފަހުން ސައިރިކްސް އިން ދަރިވަރުންގެ އެސައިމެންޓް މާކްސް ސެމިސްޓަރ ނިމުމުގެ ކުރިން ދަރިވަރުންނަށް ހާމަ ނުކުރަން ނިންމި ނިންމުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމެވެ. ސައިރިކްސްގެ މި ފިޔަވަޅުގެ ސަބަބުން އަޅުގަނޑުމެން ދަރިވަރުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތްހަމަނުޖެހުން ވަނީ ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑުމެން އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް ސައިރިކްސް އިން މި ކަންތައް މުރާޖަޢާކޮށް ދަރިވަރުންނަށް މަންފާކުރަނިވި ދަރިވަރުން ހިތްހަމަޖެހޭ ގޮތަކަށް ނިންމެވުމެވެ
0 Comments:
Post a Comment
<< Home