Maldives Information Technology Task Force

ignorance is the night of the mind, but a night without moon and star - Confucius | found and maintained by cyryx students.

Thursday, November 30, 2006

ނަމާދުކުރިޔަދޭށެވެ! ބަހުގެ އިތުބާރު ހިފަހައްޓާށެވެ

ބަހުގެ އިތުބާރު އެއީ ނެތް އެއްޗަކީ ބާއެވެ! އަނެކުންގެ ގުދާރު ބިންދައިގެން ހޯދާ އާމްދަނީ އެއީ އަމުދުން އެއްވެސް އެއްޗަކަށް ނުހަދަނީ ބާއެވެ. މާތްވެގެންވާ އިސްލާމްދީނަށް އަދި ި އަމުދުން އެއްވެސް ހުރުމަތެއް ނުބަހައްޓަނީއެވެ. ސައިރިކްސް އިން ހިންގާ ކޯސްތަކުގެ ވަގުތު ހަމަޖައްސާފަ އޮންނަނީ ދރިވަރުންނަށް ނަމާދަށް ދާން ފުރުސަތު ނުލިބޭ ގޮތަށެވެ. ޑިޕްލޯމާކޯސްތަކުގެ ބައިވެރިންނަށް އިމްތިހާން ބާއްވަން ހަމަޖެހިފަ އޮންނަނީ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށެވެ. އާދެ! މަޢްރިބް ނަމާދަށްވެސް މެދުކެނޑުމެއްނެތިއެވެ. މިވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހިންގާ ފަންނީ ތަމްރީނުދޭ މަރުކަޒެއްތާއެވެ!

ސީދާ އަޅުގަނޑަށް ދިމާވި ހާދިޘާއެއް ތިބާއަށް ކިޔައިދެންހެއްޔެވެ؟ އިމްތިހާނ އޮންނާނެ ވަގުތާއި ތާރީޚް އިއުލާންކުރުމުން އަޅުގަނޑު އެ އިމްތިހާނުގައި ބައިވެރި ވެވެން ނެތްވާހަކަ ސަބަބު ބަޔާންކޮށް ކޯސްކޯޑިނޭޓަރަށާއި ޑައިރެކްޓްރ ޖެނެރަލް އޮފް އެކަޑަމިކް އެފެއަރޒް އަށް އީމެއިލް މެދުވެރިކޮށް ދެންނެވީމެވެ. އޭގެ ދެތިންދުވަސް ފަހުން އަޅުގަނޑު ރިސެޕްޝަންގަ އެވާހަކަ ތަކުރާރުކުރުމުން އަންހެން ޑައިރެކްޓަރަކާއި ބައްދަލު ކުރުވައިފިއެވެ. އޭނާ ވިދާޅުވީ ނަމާދުކުރަން 15 މިނިޓް ލިބޭނެވާހަކައެވެ. ނަމަވެސް ނަމާދުކުރެވޭނީ ސައިރިކްސް ތެރޭގަ ކަމަށެވެ.

އެކަމަކު 3 ސެމިސްޓަރގެ 3 އިމްތިހާން ބޭއްވި އިރުވެސް އަޅުގަނޑަށް އެ 15 މިނިޓް ނުލިބެއެވެ.
އެންމެފަހުން ބޭއްވި އިމްތިހާނުގައި ދިމާވި ކަމެކެވެ. އިމްތިހާނު ފެއްޓުނީ ގާތްގަނޑަކަށް 15 މިނިޓް ނެވެ. އެކަމަކު ހަމަ 8:00 ޖެހިއިރު ގަޑިހަމަވީކަމަށް އެންގިއެވެ. އަޅުގަނޑު އިންސްޓްރަކްޓަރ ކައިރީ ބުނީމެވެ. އަދި އަޅުގަނޑުގެ ވަގުތެއް ހަމައެއްނުވެއެވެ. އަޅުގަނޑަށް އަދިވެސް 30 މިނިޓް ބާކީ އެބައޮތެވެ. ޖަވާބުގައި އިންސްޓްރަކްޓަރ ބުނީ 'އެނަދަރ ކްލާސް އިޒް ވެއިޓިންގ' .. މިއީ އަޅުގަނޑު ޒިންމާވާވާންޖެހޭ ކަމެއްތޯއެވެ؟

އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް ސައިރިކްސްގެ ހިންގުމުގެ އޮނިގަނޑުގައިހުރި މިކަހަލަ ބާގަނޑުތަކުގަ ޕެޗްއަޅައިގެންނަމަވެސް އަޅުގަނޑުމެންނަށް ފަސޭހަމަގެއް ދައްކައިދިނުމަށެވެ.

ޝުކުރިއްޔާ